އަހުމަދު މަސްނޫމް   26 ޑިސެމްބަރު 2023 - 5:14
ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ހޯމަދުވަހު ވަނީ ޕާޓީއަށް ސިޓީ ހުށަހަޅުއްވާފައެވެ. އަދި އޭނާ ޕާޓީން ވަކިވެވަޑައިގެންނެވިކަން އެމްޑީޕީގެ މެންބަރުން ތިބޭ ގްރޫޕެއްގައި އޭނާ ވަނީ ހިއްސާކުރަށްވާފައެވެ.

އެމްޑީޕީން ވަކިވާން ނިންމެވި ސަބަބެއް ޝަރީފް ހާމަކުރައްވާފައެއް ނުވެއެވެ. މީގެކުރިން ޝަރީފް ވަނީ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާކަންވެސް ޕާޓީގެ މެމްބަރުން ތިބޭ ގްރޫޕެއްގައި ހާމަކުރަށްވާފައެވެ.

ޝަރީފް އެމްޑީޕީން ވަކިވެ ވަޑައިގެންނެވިޔަސް އެހެން ޕާޓީއަކާއި ގުޅުވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑެއް އަދި ނީވެއެވެ.

އެމްޑީޕީގެ އިތުރުން ޝަރީފަކީ ޑީއާރުޕީގައިވެސް އިސް ދައުރެއް މީގެކުރިން އަދާކުރައްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހަބޭސް

16-Jan-2024

ދެފުއްކެހެރި



ޓްރެންޑިން