އެމްޑީޕީން ވަކިވެވަޑައިގަތީ ދާއިރާގެ ތަރައްގީއަށް ފުރުސަތު ފަހިކުރަން ކަމަށް އެޕާޓީން މިރޭ ވަކިވެވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެން މިރޭ އެމްޑީޕީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ޝަރީފް ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެމްޑީޕީން ވަކިވެވަޑައިގަންނަވަން ނިންމެވީ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ދާއިރާގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށް ބޭނުންވާތީ ކަމަށް މަޖިލީހުގެ އެންމެ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަންވެސް އިއުލާން ކުރައްވާފައެވެ.
ޝަރީފް، އެމްޑީޕީން ވަކިވެ ވަޑައިގެންފައިމިވަނީ އެމްޑީޕީގެ މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީގެ އިސްލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި ޝަރީފަކީ ކުރީގެ ސަރުކާރު ދަމަހައްޓައި އޭރުގެ ސަރުކާރަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކުގައި ސަރުކާރު ދިފާއު ކުރުމަށް ވަރަށް ވަރުގަަދައަށް ވަކާލާތު ކުރެެއްވި ބޭފުޅެކެެވެ.
ޝަރީފް ވަނީ މީގެ ކުރިން ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީގައި ވެސް އިސްދައުރެއް އަދާކުރައްވާފައެެވެ. އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް ހިމެނިވަޑައިގެންނެވި ޝަރީފަކީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމުގައާއި އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެެ.

ކިޔުންތެރިންގެ ހިޔާލު