ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޔާސީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭގޮތުންނާއި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ އިއްޔެގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްއާއިވެސް ބައްދަލުކުރައްވާފައެވެ. އަދި އޭގެ ކުރީގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ސިޔާސީ ޕާޓީގެ ލީޑަރުންނާއިވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީއޭގެ ލީޑަރ މުޙައްމަދު ޝިޔާމް އަޙްމަދާއި ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފްއާއި ބައްދަލުކުރައްވާފަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން