އެސްޓީއޯ އަދި އެލައިޑުން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެނެސްފިއެވެ.

އެގޮތުން މިއަދު ހެނދުނު އެސްޓީއޯ އަދި އެލައިޑުގެ މައި އޮފީހުގެ އިތުރުން އެސްޓީއޯގެ ހުރިހާ އައުޓްލެޓްތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ މަގުމައްޗަށް ނިކުމެއް އެއްބައިވަންތަ ކަން ރަމްޒުކޮށްދީ ހިމޭންކަމުގެ ވަގުތުކޮޅެއް ގެނެސްފައެވެ.



މިހިމޭންކަމުގެ ވަގުތުކޮޅުން ރަމްޒުކޮށްދިނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖެއަށް ކުރިމަތިވި ހިތްދަތިކަމުން އަރައިގަތުމަށް، ދިވެހި ރައްޔިތުން ދެއްކި ނަމޫނާ އާއި، ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާން ކުރުމެވެ.



ހަމަހިމޭންކަމުގެ މި ވަގުތުކޮޅު ފާހަގަކޮށްފަައިވަނީ ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރަނީ ސުނާމީ ކާރިސާގައި ދިވެހިން ދައްކައިދިން އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން