ހުޅުމާލެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަނެތި ވަނުމަކީ މަނާކަމެއް ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

އާބަންކޯއިން ބުނީ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށްނުވި ނަމަވެސް މަދުންނަމަވެސް އާންމުން މިސަރަހައްދަށް ވަންނަކަން އެކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައި ވާނެ ކަމަށްވެސް އާބަންކޯއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމުން، ސިއްހީ ދާއިރާގެ ހިދުމަތްތެރިދަނީ ތަކުރާރުކޮށް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންކަމަށާއި، އެގޮތުން ހުޅުމާލޭގެ ފޭސް 2 ގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަތްވެފައި މިސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އާބަންކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެހެންކަމުން ހުއްދައެއްނެތި، ޒަރޫރީ އެއްވެސްބޭނުމަކާއި ނުލައި މިސަރަހައްދަށް ނުވަނުމަށް އާބަންކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން