ވިލިމާލޭގެ ފެނާއި ކަރަންޓާއި ނަރުދަމާ ނިޒާމް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދުއެވެ.



މިނިސްޓަރ ތާރިގް ވިދާޅުވީ މިއަދު ހަވާލުކުރެވުނު މަސައްކަތުގެ ދަށުން ކުރިއަށް އޮތް 20 އަހަރުގެ ޑިމާންޑާއި އެއްވަރުގެ ކަރަންޓް، ފެން އަދި ނަރުދަމާ ނިޒާމެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަންނާނެކަމަށެވެ. އަދި މިއީ ރައީސްގެ މުއިއްޒުގެ ތަސައްވުރުތައް ހަގީގަތަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ މި މަސައްކަތުގެ ކަރަންޓާއި ގުޅޭ މަސައްކަތްތަކެވެ. އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތަކެވެ.

މިމަސައްކަތްތައް ހަވާލުކުރައްވާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން