ޕާޓީއާއިއެކު އަބަދުވެސް ސާބިތުވެ ހުންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ރާއީ ވިދާޅުވީ މި ވަގުތަކީ އެމްޑީޕީގެ އެއްމެހާ މެމްބަރުން ސާބިތުކަމާއިއެކު ގަދަކޮށް ޕާޓީގައި ތިއްބަވަންޖެހިވަޑައިގަންނަބާވާ ވަގުތުކަމަށެވެ. އަދި އެމްޑީޕީ ޕާލިޔަމަންޓްރީ ގްރޫޕްގެ މެމްބަރުން ޕާޓީއާއި އާއްމު މެމްބަރުންގެ ހިތްވަރަކަށްވެ، ވަރުގަދަ އަޒުމަކާއިއެކު ޕާޓީއާއިއެކު ސާބިތުވެ ތިއްބެވުވަށް އުންމީދުކުރައްވާ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ މިމޭރުމުން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވަރަށް އިސް ދައުރެއް އަދާކުރަށްވާ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެޕާޓީއިން އިއްޔެ ވަކިވެވަޑައިގަތުމާއި އަދި އެމްޑީޕީ ޕީޖީގެ ގިނަ މެންބަރުން ތަކެއް ޕާޓީ ދޫކުރަށްވައި ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.





އައްޑޫ ޝަރީފް އެމްޑީޕީން ވަކިވެވަޑައިގަތީ ދާއިރާގެ ތަރައްގީއަށް ފުރުސަތު ފަހިކުރަން ކަމަށް ވިދާޅުވެއެވެ. ޝަރީފް، އެމްޑީޕީން ވަކިވެ ވަޑައިގެންފައިމިވަނީ އެމްޑީޕީގެ މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝަރީފް ވަނީ މީގެ ކުރިން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އުފެއްދެވި ޑީއާރުޕީގައި ވެސް އިސްދައުރެއް އަދާކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން