ކ-ވ:މުހައްމަދު ޝާހިދު (ޝާޑު) އަދި  އަހުމަދު ޝަރީފް
ކ-ވ:މުހައްމަދު ޝާހިދު (ޝާޑު) އަދި އަހުމަދު ޝަރީފް
އަންނަ މަހު ބާއްވާ ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފާއެކު އައްޑޫ ހުޅުދޫ ދާއިރާގެ ގޮނޑިއަށާ ވާދަކުރައްވާނީ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ކަން ޔަގީންވެއްޖެއެވެ.

ޕީޕިއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެެވެ. މަޖިލިސް ޕްރައިމަރީގައި ސަރުކާރު ކޯލިޝަން ޓިކެޓަށް އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ކުރިމަތިލައްވާފައިވާއިރު އޭނާ އާއި ޕްރައިމަރީގައި ވާދަކުރަށްވަން އައްޑޫގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވަނީ ނިންމަވާފައެވެ.

ހުޅުދޫ ދާއިރާގެ މެމްބަރުކަން މުހައްމަދު ޝާހިދު (ޝާޑު) ކުރެއްވީ 18 ވަނަ މަޖިލިސް ހޮވުމަށް 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީޕިއެމްގެ ޓިކެޓްގައި ވާދަކޮށްގެން އެ ގޮނޑި ކާމިޔާބު ކޮށްގެންނެވެ. އެހެން ނަމަވެސް އޭގެފަހުން 2019 ވަަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޝާޑު ވާދަކުރެއްވި ނަމަވެސް އޭނާއަށް ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެގޮތުން އެފަހަރު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބުކޮށް އެދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި، މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ގޮނޑި ކުރިންވެސް ފުރުއްވި އިލްޔާސް ލަބީބެވެ. އިލްޔާސް ވެސް ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމްކޮރެޓްސް އާއި ގުޅިވަޑައިގެންފައެވެ. އިލްޔާސް ވަނީ މިއަަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ޑިމްކޮރެޓްސްގެ ފަރާތުން ވާދަކުރައްވާފައެެވެ. އިލްޔާސް މިފަހަރު އެދާއިރާއަށް ވާދަކުރައްވާނެ ކަން ނުވަތަ ނޫން ކަން އަދި ޔަގީން ކުރެވޭގޮތެއް ނުވެއެވެ.

ޕީޕިއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައެއް ވޯޓްތަކުން ކުރީގައި އުޅުއްވާ ކަމަށް ދައްކަނީ އެ ޕްރައިމަރީގައި ވާދަކުރައްވާ އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފެެވެ.

އިނގިރޭސި ވިލާތުން މަތީ ތައުލީމު ހާސިލް ކުރަށްވައިގެން ހުންނެވި ޝަރީފަކީ މާސްޓަރސް އޮފް ސައިންސް އިން އިންޓަނޭޝަނަލް މެނޭޖުމަންޓް އަދި ޕޯސްޓް ގްރެޖުއެޓް ސަރޓްފިކެޓް އިން މެނޭޖްމެންޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެެވެ. ޝަރީފު ފަދަ ތައުލީމީ އަދި ހިންގުމުގެ ދާއިރާގައި ތަޖުރިބާ ހޯއްދަވާފައިވާ އެހެން ކެންޑިޑޭޓަކު މި ޕްރައިމަރީގައި ވާދައެެއް ނުކުރައްވައެެވެ.

ޝަރީފު މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާއިރު އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ވެސް އަދާކުރައްވާފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ މަތީތައުލީމާއި ބެހޭ އެންމެ މަތީ މަޖިލީހާއި ސަރުކާރުގެ އެކި ކޮމެޓީތަކުގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަން ވެސް ޝަރީފު ކުރެއްވިއެވެ.

ސްޓެލްކޯގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ ޝަރީފަކީ އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ބޭފުޅެކެެވެެ. އެގޮތުން ޝަރީފް މިހާރު ވެސް ވަނީ ދާއިރާގެ ރައްޔިތުންގެ ގާތަށް ވަޑައިގެން މަޖިލިސް މެމްބަރުކަމުގައި އެ ދާއިރާއަށް އޭނާގެ އަމިއްލަ ހަރަދުގައި ކޮށްދެއްވާނެ ކަންތައްތަކެއްވެސް އާއްމުކުރައްވާފަ އެވެ.

"ރަސްއޮންލައިން" އާއި ވާހަކަ ދައްކަވަމުން އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ތައުލީމީ ގާބިލް މީހުންނަށް ފުރުސަތު ދިނުމަށް ރައީސް މުޢިއްޒު ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ހުޅުދޫ ދާއިރާ އިން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވާއިރު އެބޭފުޅެއްގެ ޓްރެކް ރިކޯޑާއި އިލްމާ ހިލްމަށް ބަަލައި ތައުލީމީ ގާބިލް ބޭފުޅަކަށް މިފަހަރު ފުރުސަތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެެ. އަދި ކެންޑިޑޭޓަކު ހޮވުމަށް ވޯޓް ދިނުމުގައި ހަމައެކަނި ސިޔާސީ ފިކުރަށް ބަަލައިގެން ވޯޓް ނުދިނުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ.

"އެހެންވީމާ އެފަދަ ޓްރެކް ރިކޯޑް އޮތް ތައުލީމީ ގާބިލް މީހަކު ރައްޔިތުންގެ މަޖިލީހަށް ގޮސްގެން ހުޅުދޫގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކައި ވަކާލާތުކޮށް މުޅިގައުމަށް ބޭނުންވާ ގާނޫނުތައް ދިރާސާކޮށް ގާނޫނުތައް ހެދޭނީ. ރައްޔިތުން އެބަޖެހޭ ޕާޓީގެ ފިކުރާ ތަފާތު އެކި ފިކުރުތައް ދޫކޮށްލާފައި ކުރިމަތިލާފައި ތިބި މީހުންނާއި ޓްރެކް ރިކޯޑަށް ބަލާފައި ވޯޓްދީގެން އެތާ އަޅުގަނޑު ބައިންދަން." ޝަރީފް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


7

މޫސާ ބުޝްރީ

02-Jan-2024

ޑރ މުއިއްޒު ވިދާޅުވި މިފަހަރު އިސްކަން ދޭނީ ތައުލީމީ ގާބިލު މީހުންނަށޭ، ތިއޮތީ މިފަހަރު ތައުލީމާއި އޭގެ އިދިކޮޅާ ޖެހިފައި، ޝާހިދު ކީއްވެގެން މިނިސްޓަރުކަން ނުކުރީ؟ މަޖިލިހުން ބައެއް މެންބަރުން އިސްތިއުފާދީފައި ހޯދީ މިނިސްޓަރުކަން



ޓްރެންޑިން