ވިހެއުމަށްފަހު އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި ވަނިކޮށް ފެނުނު ކުއްޖާގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރަން މަޝްވަރާކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިންޑިއާއަށް ގެންގޮސް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު ރާއްޖެއަށް ގެނެސްފައިވަނީ ހުކުރު ދުވަހު ކަމަށެވެ. އެއަށްފަހު އެކުއްޖާގެ ހަށިގަނޑާއި މެދު ގޮތް ނިންމުމަށް އާއިލާއާއި މަޝްވަރާކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފަވެއެވެ.

"ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާއިމެދު ގޮތެއް ނިންމުމަށް އާއިލާއާއި ދަނީ މަޝްވަރާކުރަމުން." ފުލުހުން ބުނެފައި ވެއެވެ.

މި މަހުގެ 3 ވަނަ ދުވަހު ދިގުރަށުގައި އަލަށް އުފަންވީ ތުއްތު ކުއްޖަކު މަރާލުމަށްފަހު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ބިދޭސީ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތުއްތު ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ފޫޅު ދަނޑިއާއި ވެސް އެއްކޮށެވެެ. ދިގުރަށު ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް އެކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގައި އޮއްވައެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް ދިގުރަށު ކައުންސިލުން ވަނީ ބުނެފައެވެ. އެކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ތުއްތު ކުއްޖާ އަކީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ވިހެއި ފިރިހެން ކުއްޖެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން