އާސަންދަ އޮފީސް
އާސަންދަ އޮފީސް
ކޯވިޑް-19 ގެ މި ހާލަތުގައި، ހާއްސަ އުސޫލެއްގެ ތެރެއިން އިންޑިއާއަށް ބޭސް ފަރުވާއަށް މިހާތަނަށް ފޮނުވާފައިވާ މީހުންގެ ތެރެއިން ތިން މީހަކު ނިޔާވެއްޖެއެވެ.

އާސަންދައިން ބުނީ އެ ތިން މީހުންނަކީ، ބޭސްފަރުވާ އަށް ދިޔައިރުވެސް އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ. މީގެއިތުރުން މި މަހުގެ 14 ވަނަ ދުވަހު އިންޑިއާއަށް ދިޔަ ބެޗުން، ބަލި މީހަކާއި ދެ އެހީތެރިއަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެސް ވެފައިވެއެވެ.

ދެ އެހީތެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން، ބަލި މީހުންނާ އެހީތެރިން ވަކިކޮށް، ބަލި މީހުން ދޫކޮށް އެހީތެރިން ވަކިން ކަރަންޓީން ވާން އަމްރިތާ ހޮސްޕިޓަލުގެ އެދުމަށް އާސަންދައިން މިހާރު ވަނީ އަންގާފައެވެ. އެކަމާއި ގުޅިގެން އެ ބަލި މީހުން ގޮވައިގެން އެކަމޮޑޭޝަނަށް ބަދަލުވުމަށް އެމީހުންގެ އެހީތެރިން ވަނީ ނިއްމާފައެވެ.

އާސަންދައިން ބޭސް ފަރުވާ އަށް ފޮނުވާ އެއްވެސް މީހެއްގެ ބޭސް ފަރުވާ ހުއްޓިފައިނުވާނެ ކަމަށާއި ދިމާވި މައްސަލަ މިހާރު ހައްލުކޮށް، އެންމެންގެ ބޭސް ފަރުވާވެސް މިހާރު ކުރިއަށްދާ ކަމަށް އާސަންދަ އިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން