މޫސުން ގޯސްވެ. އައްޑޫ ސިޓީ ފޭދޫ އަދި ހުޅުމީދޫގައި ފެންބޮޑުވެއްޖެއެވެ.

އެންޑީއެމްއެފުން ބުނީ މިހާތަނަށް ފޭދޫގެ 21 ގެއެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އައްޑޫ އާއި ފުވައްމުލަކަށް ވެސް މެންދުރު ފަހު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފައެވެ.

އޮރެންޖެ އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރާ ވިއްސާރައިގެ ސަބަބުން ގިނަ ރަށްރަށުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފައި ވެއެވެ.

މިއަދު މެންދުރު 12 ޖެހިއިރު މެޓުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ފެށުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ގަދަ ވަޔާއެކު، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވީމާ ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކާއި ބުރިޖު ހައިވޭގައި ދަތުރުކުރައްވާއިރު މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަން،" މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން