ދިވެހިރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމު ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފިޝަރީޒް މިިނިސްޓަރ އަޙްމަދު ޝިޔާމެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމެވެ.

ފިޝަރީޒް ކޮލެޖެއް ޤާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން އިއުލާން ކުރައްވާފައިވަނީ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްގީ ކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ހަފްތާ 14 ގައި ހިމަނުއްވާފައިވާ އެއް ވައުދެވެ. އެގޮތުން، ދިވެހިރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން