ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢު ޝެޑިއުލާއި އެއްގޮތަށް އަވަހަށް ނިންމޭނެ ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު ވިދާޅުވީ ގުޅީފަޅު ޝެޑިއުލްގައިވާ ގޮތުގެ މަތިން ހުއްޓުމެއް ނެތި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.



"ރިކްލޭމްކުރިީ (ހިއްކީ) 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރ. ސަރުކާރުން ވައުދުވަނީ މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމައި، އަސާސީ އިންފްރާސްޓްރަކްޗަރތައް ބިނާކުރަން ފެށުމަށް." މުއްތަލިބު ވިދާޅުވިއެވެ.

ގުޅީފަޅު ސަރަޙައްދަކީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ނިންމާފައިވާ އެއް ސަރަޙައްދެވެ. ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން ބިން ހިއްކަން ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން