ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލަށް އެޅުމަށް ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ވިލިމާލެގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާނެ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މި ހޮސްޕިޓަލުގެ މަސައްކަތް ނިމި، ތިން އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.



ޚަލީލް ވިދާޅުވީ، މި ހޮސްޕިޓަލް ތަރައްގީކުރާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.

ވިލިމާލޭގައި އަލަށް އަޅާ ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްކަމަށާއި، އެތަނުގައި މުހިއްމު ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރު ޚަލީލް ވަނީ ވިދާޅުވެފަ އެވެ.

ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައި ކަމަށް ހެލްތް މިނިސްޓްރީން ބުންޏެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން