އައްޑޫ ސިޓީއަށް މިއަދު ބޯކޮށް ވާރޭވެހި، 100 އެއްހާ ގެޔަށް ފެން ވަދެ، އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އައްޑޫގެ ފަސް ރަށަކުން 97 ގެއެއްގައި ފެން ބޮޑުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެއްވެސް ތަނަކުން މީހުން ހުސްކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތަށް ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެެ.

އެންޑީއެމްއޭ އިން މައުލޫމާތު ދޭގޮތުގައި ފެންބޮޑުވި ކަމަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ފޭދޫއިންނެވެ. އެ ރަށުގެ 60 ގެއެއް އަދި މަރަދޫގެ 13 ގެއަކާއި ހުޅުދޫގެ 10 އަދި ހިތަދޫގެ 9 ގެއެއްގައި ފެންބޮޑުވެގެން، ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

މަރަދޫފޭދޫގެ ފަސް ގެއެއްގައި ފެންބޮޑުވެ، އެ ތަނުން އެއް ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެެ.

އެންޑީއެމްއޭއިން ބުނީ މި ހާދިސާގައި ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ފެން ހިނދި އާންމު ހާލަތަކަށް ރުޖޫއަވުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން