މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޯޑްގެ ޗެއާޕާސަންގެ މަގާމަށް އައިޝަތު ނޫރައިން ޖަނާހް އައްޔަންކުރައްވައިފި އެވެ.

ނޫރައިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަަލެކެވެ.

ނޫރައިންގެ ބައްޕަ ޖަނާހު އަކީ ހޮޓެލްސް އެންޑް ރިސޯޓް އިންވެސްޓުމަންޓު ކުންފުނީގެ ވައިސް ޗެއާއެވެ.

ނޫރުއައިން މަތީ ތައުލީމު ހާސިލުކުރައްވައި، ދިރިއުޅުއްވަމުން ގެންދެވީ ނިއުޒިލެންޑުގައެވެ. އެކަމަނާ ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުންނެވެ. އަދި އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވަނީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިންނެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު އާއިލީ ވިޔަފާރީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނޫރައިން މިދިޔަ އަހަރު ވަނީ ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ފާތިމަތު ތައުފީގެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން