ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޑރ.އަލީ ފަވާޒު ޝަރީފާއި ޑރ. ރަހީމާ އަބްދުއްރަހީމް މިއަދު އައްޔަންކުރަށްވައިފިއެވެ.

އެމްއެންޔޫއިން ބުނީ ޑރ. ފަވާޒް އެމްއެންޔޫގެ އެކަޑަމިކްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމަށް އައްޔަންކޮށް އަދި ޑރ. ރަހީމާ އެމްއެންޔޫގެ ރިސާޗް އެންޑް އެންޓަޕްރައިސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޔުނިވާސިޓީއަށް އަލަށް ޑެޕިއުޓީ ޗާންސެލަރުންގެ ގޮތުގައި އައްޔަންކުރި ޑރ. ފަވާޒާއި ޑރ. ރަހީމާއަށް އެ ޔުނިވަސިޓީ އިން ވަނީ މަރުހަބާ ކިޔާފައެވެ.

ޑރ. ފަވާޒް މީގެ ކުރިން ޔުނިވާސިޓީގެ ޑެޕިއުޓީ ޗާންސެލަރުގެ މަގާމު އަދާކުރައްވާފައި ވެއެވެ. އޭގެ ފަހުން ސައިރިކްސް ކޮލެޖުގެ ރެކްޓާގެ މަގާމު ވެސް ފަވާޒު އަދާކުރެއްވިއެެވެ.

ޑރ. ރަހީމާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި އެމްއެންޔޫގެ ޑީން އޮފް ރިސާޗް އާއި ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަންގެ ޑިރެކްޓަރެއްގެ މަގާމު ހިމެނެއެވެެ.

ޕަބްލިކް ހެލްތުގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ރަހީމާ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމާއި ހެޑް އޮފް ޑިޕާޓްމަންޓްގެ މަގާމުގައި ވެސް ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން