ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުން ސިނަމާލެ ބްރިޖުގެ ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިރޭ ކުރެއްވި އެކްސެެއްގައި ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ބްރިޖް މޮނިއުމަންޓަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ 10 ޑީސީ ސަޕްލައި ޔުނިޓުގެ ތެރެއިން 7 ޔުނިޓުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އަދި ގިނަ ލެޑުތައް ހަލާކުވެފައިވާ ކަމަށާއި، މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި އިސްކުރުތަކުގައި ދަބަރުޖަހާފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.



ކުރީ ސަރުކާރުން ބްރިޖު ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ބްރިޖްގެ ނަން އަދި ހަރުކުރެވިފައިވާ ލައިޓްތައް ހަލާކުވެފައިވާ ކަންވެސް ފަހުމީ ފާހަގަކުރެެއްވި އެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ ގައުމީ އެފަދަ ބިނާތަކަކީ ރަނގަޅަށް ބަލަހައްޓަންޖެހޭ ފަދަ ތަންތަން ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މުހިއްމު ބިނާތައް ރަނގަޅަށް ބަލަހައްޓައި އެންމެންނަށް ވެސް ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީން ކަން ފަހުމީ ވަނީ ދެއްވާފައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ނަމުން ނަން ދެވިފައިވާ ސިނަމާލޭ ބްރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު އޯގަސްޓް މަހުގެ 30 ވަނަ ދުވަހު އޭރުގެ ރައީސް ޔާމިންގެ ވެރިކަމުގައެވެ. އެ ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަން ފާހަަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން