ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކް ކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ޝަފީގު (މޯޑު)އެވެ. މި މައްސަލަ ހުށަހަޅުއްވަމުން މޯޑު ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނު އަސާސީން ފުރިހަމައަށް ފަހިކޮށްފައިވާއިރު ހަބަރާއި މައުލޫމާތު ފަތުރަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކްކޮށްގެން ސަރުކާރުން އެ ޙައްޤަށް ހުރަސް އަޅާފައިވާ ކަމަށެވެ.

މިއީ ޤާނޫނު އަސާސީއާއި ޚިލާފުވުމުގެ އިތުރަށް ޑިމޮކްރެސީގެ ހަޔާތުގައި ރާއްޖެ އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާ ފަދަ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޫސްވެރިންނާއި ނޫސްތަކަށް ބިރުދެއްކުމުގެ ގޮތުން އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ ހުއްޓާލުމަށާއި ހައްގުތައް ފުރިހަމަ ގޮތުގައި ދިނުމަށް ސަރުކާރަށް ގޮވާލަން،" މޯޑު ވިދާޅުވިއެވެ.

މި މައްސަލައިގައި ބަހުސް ކުރައްވަމުން އެމްޑީޕީގެ އިތުރަށް ދަ ޑިމޮކްރެޓްސްއިންވެސް ވަނީ މިކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

މި މައްސަލައިގައި ސަރުކާރުން ބުނީ ރަޖިސްޓާ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫންކަން ވެސް ސަރުކާރުން ފާހަގަ ކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުކޮށްފައިވާ ދެ ވެބްސައިޓަކީ ބަޔަކު ފިލާތިބެ މީހުންގެ އަބުރު ކަތިލައި މުޖުތަމަޢުގެ އާންމު އަޚުލާގީ މިންގަޑާއި ޚިލާފު ވާހަކަތަކާއި ފޮޓޯއާއި މަންޒަރު އާންމުކުރަމުން ގެންދާ ދެ ވެބްސައިޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން