ކޯވިޑް-19 މިއަދުގެ އަދާހަމަ
ކޯވިޑް-19 މިއަދުގެ އަދާހަމަ
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 77 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ، މާލެ ސަރަހައްދުގައި ހިންގާފައިވާ ލޮކްޑައުންގެ ހާލަތަށް މި ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެވަނަ ފިޔަވަހީގެ ލުއިދޭން ފެށިފަހުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 77 މީހުން އަލަށް ޕޮޒިޓިވްވިއިރު، މިމަހުގެ 16 ވަނަދުވަހު 68 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި މިމަހުގެ 12 ވަނަދުވަހު 67 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ކޯވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 77 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، 21 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ 20 ބަންގުލަދޭޝް މީހުންނާ، އަދި އިންޑިއާ އެކަކެވެ.

އެޗްޕީއޭ އިން ކޯވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދަކީ 36 ކަމަށާއި މިއާއެކު މިބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދަކީ 2534 ކަމަށެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ގެންދަނީ 688 މީހުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން