ރަސް މާލޭގެ ބިން ހިއްކަނީ ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ ސަރަހައްދުތަކުން ވެލި ނަގައިގެން ނޫން ކަމަށް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް ވިދާޅުވީ ރަސް މާލޭގެ ބިން ހިއްކަނީ ގުޅީފަޅު، ގިރާވަރުފަޅާއި ތިލަފުށްޓާއި ހުޅުމާލޭގައި ހިއްކަމުންދާ ސަރަހައްދުން ވެލި ނަގައިގެން ނޫން ކަމަށެވެ. ފަޒުލް ވަނީ ދޮގު ވާހަކަތައް ދައްކައިގެން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ކުށްވެރިކުރައްވާފައެވެ.



ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި 10 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ރަސްމާލެ ސިޓީއަށް ބޭނުންވާ ބިން ހިއްކައި ނިންމުމެވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި ހަވާލުކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން