އާ އަހަރު ފާހަގަކުރުމަށްޓަކައި ހަވާ އެރުވުމުގެ އިތުރަށް "ދިވެހީންގެ ރާއްޖެ" ނަމުގައި ފެސްޓިވަލެއް އިންތިޒާމްކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިކަން އިޢުލާންކުރީ މިއަދު ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ ކޮންމެ އަހަރެއް ނިމި، އައު އަހަރު ފާހަގަކުރުމަށްޓަކައި މިއުޒިކް ޝޯވއެއް ރާއްޖޭގައި ބާއްވާ ކަމަށެވެ. އެހެންކަމުން މި އަހަރުވެސް މިއުޒިކް ޝޯވއާއެކު ލޭޒަރ ޝޯވއެއް ބާއްވަން ރާވާފައިވާ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވިއެވެ. މި ފެސްޓިވަލް ފެށުމަށްޓަކައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފެސްޓިވަލްގެ އިތުރުން މިމަހުގެ 31 ވަނަ ދުވަހު ކުޑަކުދިންނަށް ހާއްސަ އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024 އަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފައެވެ.

އެހެން އަހަރުތަކުގައި އައު އަހަރު ފާހަގަކުރުމަށް ރާއްޖޭގައި ޝޯވދިނުމަށް ބޭރުގެ ފަންނާނުންނަށް ދައުވަތުދީފައިވީ ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ފެސްޓިވަލްގެ މިއުޒިކް ޝޯވގައި ފުރުސަތު ދެވޭނީ ދިވެހިންނަށް އެކަނި ކަމަށް ޔޫތު މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން