ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދޭ އެހީއާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ‏ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.



މި ބައްދަލުވުމުގައި ޖަޕާނުން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަން ޚާއްޞަކޮށް ތަރައްޤީގެ މަޝްރޫޢުތަކަށް ދެއްވާ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޖަޕާނުގެ ސަފީރު ވަނީ އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރެއް އައްޔަންކުރުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާ ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކި މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ފިނޭންސް މިނިސްޓްރީން ދެއްވާ އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި ޖަޕާނު ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން