މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ހިންގުމުގައި ގާނޫނީ އެއްވެސް މައްސަލައެއްް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވެެއްޖެއެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"ފުށި ދިއްގަރު ފަޅު ތަރައްގީކޮށް ހިއްކައި އެކަން ކުރުމުގައި ގާނޫނީ އެއްވެސް މައްސަލަ އެއް ނެތް،" ޝަހީބް ވިދާޅުވިއެެވެ.

މީގެ އިތުރުން ޝަހީބު ވިދާޅުވީ ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފުލެޓެއް ވެސް ގޯއްޗެއް ވެސް އަތުލުމުގެ ވިސްނުމެެއް ސަރުކާރުގެ ނެތް ކަަމަށެވެ. އަދި އެއްވެސް މީހަކަށް ކުރީގެ ސަރުކާރުން ހުޅުމާލެއިންނާއި ގިރާވަރުންނާއި ގުޅީފަޅުން ދޫކޮށްފައިވާ ގޯއްޗާއި ފުލެޓް ފުށިދިއްގަރު ފަޅަށް ބަދަލުކުރުމުގެ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށް ޝަހީބު ވިދާޅުވިއެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ "ރަސްމާލެ" ތަރައްޤީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން