ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 13 މެމްބަރަކު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފިއެވެ.

މަޖިލިސް މެމްބަރުންތައް ޕީއެންސީއަށް ސޮއިކޮށްފައި ވަނީ މިރޭ އޮތް ޕީޕީއެމް ޕީއެންސީގެ ހާއްސަ ޖަލްސާގައެވެ.

ޕީއެންސީއަށް ސޮއިކުރެއްވި މެމްބަރުންނަކީ؛

- މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް،

- ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު،

- މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް،

- އިސްދޫ ދާއިރާގެ އަލީ ހަމީދު،

- ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް،

- ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް،

- މަތިވެރި ދާއިރާގެ ހަސަން ޒަރީރު،

- މުލަކު ދާއިރާގެ އިބްރާހިމް ނަސީރު،

- ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު،

- މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ،

- ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު،

- ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން،

- ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު.

މި ބޭފުޅުން ޕީއެންސީއަށް ސޮއިކުރުމަށްފަހު ފޯމް ހަވާލުކޮށްފައިވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއެވެ.

އަލަށް ގުޅުނު މެމްބަރުންނާއެކު މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރާ މެމްބަރުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން