ޒަހީނުއްދީން ސަޢީދު   29 ޑިސެމްބަރު 2023 - 2:31
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއަށް މިރޭ ސޮއިކުރެއްވުމާއެކު އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެއެވެ.

އެމްޑީޕީގެ މެމްބަރުން ޕީއެންސީއަށް ސޮއިކުރެއްވީ މިރޭ ދަރުބާރުގޭގައި ކުރިއަށް ގެންދާ ޖަލްސާގައެވެ. އެ މެމްބަރުންތަށް ސޮއިކުރެއްވި ފޯމުތަކާއި ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުއެވެ.

ސޮއިކުރެއްވި މެމްބަރުންނަކީ:

– މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

– ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު

– މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް

– އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު

– ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް

– ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް

– މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

– މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު

– ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)

– މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ

– ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު

– ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

– ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް

މިރޭ ޕީއެންސީއަށް ސޮއިކުރި 13 މަޖިލިސް މެންބަރުންނާ އެކު މަޖިލީހުގައި ތިއްބެވި ސަރުކާރު މެންބަރުންގެ ޖުމްލަ 17 އަށް މިހާރު ވަނީ އަރާފައެވެ.

13 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ސަރުކާރު ހިންގާ މައިޕާޓީ ވަނީ ވެގެންގޮސްފައެވެ.

އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ދަމަހައްޓަމުން އައި އެމްޑީޕީގައި ކުރިން 56 މެމްބަރުން ތިއްބެވި ނަމަވެސް 13 މެމްބަރުން ވަކިވުމާއެކު އެމްޑީޕީ މެމްބަރުންގެ އަދަދު ވަނީ 41 އަށް ވެއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން