ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ "ފެށުން" ނަމުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގެ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނަސް މައްސަލަ އެއް ނެތް ކަމަށާއި އެކަމާއި މެދު ސަރުކާރުގެ ކަންބޮޑުވުމެެއް ނެތް ކަމަށެވެ. މަޖިލީހުން ރުހުން ދިނުންްފަސްކޮށް އެމްޑީޕީއިން ދައްކުވައި ދިނީ އެ ޕާޓީއަށް ޑިމޮކްރަސީ ނޭނގޭކަން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރުހުން ނުދީ ލަސްކޮށްފިއްޔާ އެއްގޮތަކުން ރަނގަޅު ކަމަށެވެ. އޭރުން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވެއްދޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މަޖިލީހުން ރުހުން ނުދިނަސް ގާނޫނު އަސާސީން ރައީސްއަށް މަތިކޮށްފައިވާ ވާޖިބު އަދާކުރަން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވޭނެ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން