މިއީ އައު އުއްމީދުތަކަކާއެކު އެމްޑީޕީން ގައުމުގެ ހައްގުގައި ނިކުންނަންވީ ވަގުތުކަމަށް ކުރީގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވުމާއި ގުޅިގެންނެވެ. އެގޮތުން އެމްޑީޕީގެ 13 މެމްބަރަކު ވަނީ ޕީއެންސީއަށް މިރޭ ސޮއިކޮށްފައެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހާރިޖީ ވަޒީރުކަމުގެ މަގާމު އަދާކުރެއްވި ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހި ރައްޔިތުންގެ އުންމީދުތައް ޙާސިލުކޮށް ދިނުމަށް އުފެދި ކުރިއަށްދާ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ފަޚުރުވެރި ޕާޓީކަން މިއަދުވެސް ހަނދާން ކުރަންޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ ވަނީ އުފަލާއި ހިތާމަޔާ، ކާމިޔާބީއާއި ނާކާމިޔާބީ ވެސް ތަޖްރިބާކޮށްފައި." ޝާހިދު ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ މިދަނޑިވަޅަކީ އަނެއްކާވެސް އައު ހިތްވަރަކާ އައު ޖޯޝަކާއިއެކު ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި ސާބިތުވެ ތިބެންވީ ވަގުތުކަމަށެވެ. އަދި މިއީ އައު އުންމީދުތަކާއި އައު ލަނޑުދަނޑިި ތަކަކާއިއެކު ނިކުންނަންވީ ދަނޑިވަޅުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމް ޑީ ޕީ ގެ ރަންރީދޫ ލަޝްކަރު ތިބޭނީ އަބަދުވެސް ވަރުގަދަ ޢަޒުމުގައި ހިތްވަރުގެ ކަމަރުބަނދެގެން ކުރިޔަށް މިސްރާބު ޖަހައިގެންކަމަށެވެ.

އެމްޑީޕީއަށް ވެރިކަން ގެއްލުނުފަހުން އެ ޕާޓީގެ ހަރަކާތްތައް ވަނީ މަޑުޖެހިފައެވެ. އަދި ޕާޓީން މެމްބަރުން ވަކިވަމުންދާއިރު ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މާބޮޑު ހަރަކާތެއް ކުރިއަކަށް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހޭލާ

16-Jan-2024

އައު ހިއްވަރަކާ ޖޯޝާއެކު ޝާހިދުއާ ރޮޒޭމެން ވެސް އާއިލާއާ އެކު ވުމަށް ވަޑައި ގަންނަވަންވީ ދަނޑިވަޅު އަބަދުވެސް ތިބެން ވާނީ ދަނޑުމަތީ ހަކުރުގެ ފަހަތުން މެހި މާބުރު އެނބުރޭނީ.



ޓްރެންޑިން