ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވިޝަނަރީ ލީޑަރެއް ކަމަށް ވިދާޅުވެ އެމްޑީޕީ ދޫކޮށް ޕީއެންސީއާ މިރޭ ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއަށް ސޮއިކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކޮށްދެއްވަން ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ. އެހެން ނަމަވެސް އޭރުވެސް ހުންނެވުނީ ރަނގަޅު ފަޅީގައިތޯ ސުވާލު އުފެދުނު ކަމަށާއި ނަމަވެސް ގޮތް ދޫނުކުރަން ވެގެން "އާ ދޮގޭ ކިޔާފައި ފޫގަޅައިގެން" ހުރީ ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހާއެކު ހުންނެވި ނަމަވެސް ރައީސް މުޢިއްޒަކީ ވިޝަނަރީ ލީޑަރެއް ކަމަށް އޭރު ގަބޫލުކުރެއްވުނު ކަމަށެވެ.

"އަޅުގަނޑު ހިތަށް އެރީ ވާވާއޭ، ސާބަހޭ ޑރ. މުއިއްޒަކީ ވިޝަނަރީ ލީޑަރެކޭ. ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅެކޭ. ރައްޔިތުންގެ މުސްތަގުބަލު އުޖާލާކުރައްވާނެ ބޭފުޅެކޭ. އަޅުގަނޑު ހިތަށް އެރި، ކިތަންމެ ފަހަރަކު،" ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ ޝަރީފު ވިދާޅުވީ އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގެންނެވި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ސަރުކާރާއި ގުޅުމަށް ނިންމެވީ އަމިއްލަ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

މުނާފިޤު

02-Jan-2024

ތިޔައީ ހަމަ ހުރިގޮތަށްހުރި ދޮގުވެރި މުނާފިގެއް


1

Ss

02-Jan-2024

މުއިއްޒު ރަގަޅައް ވިސްނަވާތި ޝަރީފްގެ ވަރައް ގިނަ އަނގަ ހުންނާނެ



ޓްރެންޑިން