2026 ގެ ފަހުކޮޅަށް ތިލަމާލެ ބްރިޖް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ ސަރުކާރުންނެވެ. ނަމަވެސް ކުރީ ސަރުކާރުން ވައުދުވި ގޮތަށް ބްރިޖުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. އަދި ސަރުކާރުން ބުނި ސްޕީޑްގައި ބުރިޖުގެ މަސައްކަތް ކުރިއަކަށް ވެސް ނުދިޔައެވެ.

އެގޮތުން ތިލަމާލެ ބްރިޖުގެ މައިތަނބުތައް ޖެހުމުގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަހަށް މަސައްކަތް ލަސްވެގެން ދިޔަކަމަށްވެސް ރައީސް މުއިއްްޒު ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ތިލަމާލެ ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2026 ގެ ފަހުކޮޅު ނުވަތަ 2027 ގެ ކުރީކޮޅުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު އޮތީ 2026 ފަހުކޮޅު، 2027 ގެ ކުރީ ކޮޅު. އެހިސާބުގައި. އެހެންވީމަ އަދި ދެ އަހަރު އެބަނަގާ. ވަރަށް ދުވަސް އެއީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އެހާ ދުވަސް ނަގާނެ ކަމެއް ކަމަށް. އެއީ ދެން ތިލަފުއްޓާ ހަމައަށް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށް އަދި ފުރުސަތެއް ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެކަމަކު، ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަރިހުގައި ދެ ޤައުމު ގުޅިގެން ބްރިޖްގެ މަޝްރޫޢު އަވަސް ކުރައްވަން ވިދާޅުވެފައިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބާރު ދުވެލީގައި ސިނަމާލެ ބްރިޖުގެ މަސައްކަތް ނިންމިގޮތަށް، ދެ ގައުމުގެ އިސް ފަރާތްތަކުން އެއްބާރުލުން ދެއްވައިފިނަމަ ވިލިމާލެ ބްރިޖުގެ މަޝްރޫއު ވެސް އަވަސްކުރެވޭނެ ޓެކްނިކަލް ގޮތްތައް އެބަހުރި ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން