އައްޑޫސިޓީއާ 921 ކިލޯމީޓަރު ދުރަށް ހަތަރު ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއާ ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން 2 ބިންހެލުމެއް އައިސްފައިވަނީ އައްޑޫސިޓީ ހިތަދޫއާއި 925 ކިލޯމިޓަރު ކައިރިއަށެވެ. އަދި 926 ކިލޯމީޓަރު ކައިރިއަށް ތިންވަނަ ބިންހެލުން އައިސްފައިވާއިރު، ހަތަރުވަނަ ބިންހެލުން އައިސްފައިވަނީ 921 ކިލޯމީޓަރު ކައިރިއަށެވެ.

މި ބިނެހެލުންތައް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 4.8، 5.0، 5.2 އަދި 5.8 ބާރުމިނުގައެވެ.

މީގެ ތެރެއިން 5.0 އާއި 5.2 ގެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. އަދި 5.8ގެ ބިންހެލުން އައިސްފައިވަނީ 7.7 ކިލޯމީޓަރު އަޑިންކަމަށް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

މިކަމާބެހޭގޮތުން ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން