އިޒްރޭލުން ފަލަސްތީންގައި ގަތުލުޢާންމު ހިންގަމުންދާއިރު އައު އަހަރު ފާހަގަކުރުމަކީ ލަދުވެތި ކަމެއް ކަމަށް ސަލަފު ޖަމިއްޔާގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ، ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އިއްޔެ ސަރުކާރުން ވަނީ އައު އަހަރު ފެށުމުގެ މުނާސަބާ ފާހަގަކުރުމަށް "ދިވެހިންގެ ރާއްޖެ ފެސްޓިވަލް" ނަމުގައި ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އިޢުލާންކޮށްފައެވެ. އޭގެ ތެރޭގައި ދިވެހި ފަންނާނުންގެ މިއުޒިކް ޝޯވއާއި ހަވާ އެރުވުމާއި ލޭޒަރ ޝޯވގެ ހަަރަކާތްތައް ހިމެނެއެވެ.

މިކަމާ ގުޅުވައި ސަރުކާރަށް ފާޑުކިޔަމުން، ދީނީ ކަންތައްތަކުގައި މީސްމީޑިއާގައި ވަރަށް ގިނައިން ޚިޔާލު ފާޅުކުރާ ޢަލީ ރަމީޒް ވަނީ މިފަދަ ދަނޑިވަޅެއްގައި "މިއުޒިކާއި ނާޗަރަންގީ" އިން އައު އަހަރު ފާހަގަކުރުމަކީ ލަދުވެތި ކަމެއް ކަމަށް ބުނެފައެވެ.

އަދި އައު އަހަރު ފާހަގަކުރުމުގެ ނަމުގައި މިއުޒިކް ޝޯވ ބާއްވައިގެން އުފާ ފާޅުކުރުން ހުއްޓާލުމަށް ޖަމިއްޔަތުއްސަލަފްގެ އިސް މެންބަރެއް ކަމުގައިވާ ޢަލީ ރަމީޒް ވަނީ ގޮވާލައްވާފައެވެ.

2024 ވަނަ އަހަރަށް މަރުހަބާ ކިޔަން މުޅި ދުނިޔެ ތައްޔާރުވަމުންދާއިރު އިޒްރޭލުން އޮކްޓޫބަރ 7 އިން ފެށިގެން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނިންމުމުގެ އެއްވެސް އިޝާރާތެއް އެޤައުމުން ދީފައެއް ނުވެއެވެ. އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް މަރަމުންދާއިރު މިހާތަނަށް މި ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 21،000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

މުޚްތާރު

01-Jan-2024

ވ. ރަނގަޅު ވާހަކައެއް


5

މުޚްތާރު

02-Jan-2024

ވ. ރަނގަޅު ވާހަކައެއް


7

މުޚްތާރު

02-Jan-2024

ވ. ރަނގަޅު ވާހަކައެއް



ޓްރެންޑިން