ރައްޔިތުންނަށް އުނދަގޫވާގޮތަށްހުރި ޓްރާންސްފޯމަރުތައް މަގުމަތިން ނަގާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފަހްމީ އެންމެ ފުރަތަމަ ފެއްޓެވި އެއް މަސައްކަތަކީ މާވެޔޮ މިސްކިތް ހުންނަ ސަރަހައްދުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ނެގުމުގެ މަސައްކަތެވެ.

ސޯޝަލް މީޑިއާގައި ފަހްމީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ވިންދާއި އެއްގޮތައް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމާއި، ރޫހާއިއެކު ނިކުމެވަޑައިގެން، އެ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.



ފަހްމީ ވިދާޅުވީ އެ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު، ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯއިން ވަނީ މަގުމަތިން ނަގާފައިކަމަށްވެސް ފަހްމީ ވިދާޅުވިއެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުތަކުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެކަމަށްވެސް ފަހްމީ ވިދާޅުވިއެވެ.

"ދިވެހީންގެރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭގޮތަށް" ފަހްމީ ވިދާޅުވިއެވެ.

މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހްމީ ގެންދަވަނީ ސްޓެލްކޯގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ސްޓެލްކޯގެ ހިދުމަތްތައް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ފަހްމީ ގެންދަވަނީ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން