މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، އަންހެނަކު ފިހިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާ ހިނގީ މ.ބްލޫލައިޓް 6 ވަނަ ފަންގިފިލާގައިކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް މިއަދު 14:20 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްެއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

މި ހާދިސާގައި އެގޭގައި ދިރިއުޅޭ ދިވެހި އަންހެނެއްގެ ހަށިގަނޑުގެ %10 ފިހިފައިވާތީ، އަވަސް ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި މި ގޭސް އެކްސްޕްލޯޝަންގެ ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ގޭސް އެކްސްޕްލޯޝަން ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައިއިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓަ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައިކަމަށެވެ. އަދި އެމްެއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ މިހާރު އެ އުނދުނަށް ގުޅާފަ އިން ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައިކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން