ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެ، ބައެއް ގޭގެއަށް ގެއްލުން ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމާއި ގުޅިގެން މަގުތަކުން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިއްސާރަވެ، ފެން ބޮޑުވުމާއި ގުޅިގެން ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެގެން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 4 ގެއެއްގެ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.



ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިންވެސް ވަނީ، ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުންވެގެން ރިޕޯޓު ކޮށްފައިވާކަން ހާމަކޮށްފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެއެވެ. އަދި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ވަނީ ބައެއް ހިސާބުތަކަަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން