ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް އިގްތިސާދީގޮތުން ބޮޑު ކުރިއެރުންތަކެއް ރާއްޖެއިން ހޯދާނެކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ٱللَّٰهގެ ތަނަވަސް ވާގިފުޅާއިއެކު ރައީސް ޑރ މުޢިއްޒުގެ ފުރަތަމަ އަހަރުވެސް ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި އިޤްތިޞާދީ ތަފާތު ފެނިގެންދާނެ އަހަރަކަށް ކަމަށެވެ.



ސައީދު ވިދާޅުވީ ރައީސް މުޢިއްޒުގެ ފުރަތަމަ އަހަރުވެސް ވެގެންދާނީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖެ މުޅިން އައު ޚަރުފަތަކަށް ދިއުމަށް ސިނާއީ ބިންގާ އެޅި ނަތީޖާ ފެންނާނެ އަހަރަކަށް ކަމަށެވެ.

"ހަފްތާ 14 ވެސް ތަފާތު އަދި މީގެ ކުރީގެ އެއް އަހަރާއި ނުބައްދަލު." ސައީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އިގްތިސާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުންތައް ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެކި ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން