#ފައިލޭރިއާއިންރައްކާ ކެމްޕެއިންގެ ދަށުން އަރބަންކޯއިން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ.
#ފައިލޭރިއާއިންރައްކާ ކެމްޕެއިންގެ ދަށުން އަރބަންކޯއިން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ މަދިރި މަދުކުރުމަށް “މަދިރިން ރައްކާ” ގެ ނަމުގައި ގައުމީ ފެންވަރުގެ ހަރަކާތެއް ފަށަން ނިންމައިފިއެވެ.

މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:30 ގައި ހުޅުމާލެ ފޭސް 1 ގެ ރިވެލި ޕާރކުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އެންވައަރަމެންޓް މިނިސްޓަރ ތާރިގް އިބްރާހިމްއެވެ. މިއީ އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން އަރބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށް ވަނީހަމަޖެހިފައެވެ. ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ 15 ޓީމަކަށް ބަހާލެވިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައްވެސް ހިމެނޭ ގޮތަށް ކަމަށް އަރބަންކޯއިން ބުނެއެވެ. ހަމަ މިއާއެކު ސާފުކުރުމުގެ މި ބޮޑު ހަރަކާތް ކުރިއަށް ދާނީ ހެލްތު މިނިސްޓްރީ އަދި ހެލްތު ޕޮރޮޓެކްޝަން އެޖެންސީ އާއި ގުޅިގެންނެވެ.



މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އަރބަންކޯއާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވެއެވެ. އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯރސް އެއްވެސް އެކޯޕަރޭޝަނުން ވަނީ އެކުލަވާލާފައެވެ.

މީގެ އިތުރުން އަރބަންކޯގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިން ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. ހަމަމިއާއެކު މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ.

މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައިވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ.

މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާ މިދަނޑިވަޅުގައި މިފަދަ ބަލި މަޑުކަމަކުން އަރައި ގަނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށްވާތީ، ވީހާވެސް ގިނަ ފަރާތްތަކުން މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް އަރބަންކޯއިން ވަނީ އެދިފައެވެ. އަދި މަދިރި އާލާވުން މަދުރުކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރުމަށް އަރބަންކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން