ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަ މަރުހަލާގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ދިނުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާއިން ފަޅުތެރެ ހިއްކަން ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ ފަހު ހަފްތާގައެވެ. އަދި މި މަޝްރޫޢުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މީގެކުރިން އަރބަންކޯއިން ވަނީ ބުނެފައެވެ.



މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާއިރު، ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މިގޮތުން އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ވަނީ މިއަދު އެ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލު ބައްލަވާލައްވާފައެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއާއެވެ.

ހުޅުމާލެއިން އަލަށް ހިއްކާ ބިމުގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑަސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އަރބަންކޯއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން