މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ ޓްރެފިކް މައްސަލަތައް ހައްލުކޮށް، ރައްކާތެރި އަމާން މަގުތަކެއްގެ ގޮތުގައި މާލޭގެ މަގުތައް ތަރުތީބުކުރައްވާނެކަމަށް ވެރިކަންކުރާ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ޓީވީ ޗެނަލަކުން މިރޭ ގެނެސްދިން މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމާ ވިދާޅުވީ މާލެއަކީ ވެހިކަލްތަކުން ތޮށްޖެހިފައި އޮތް ސިޓީއެއްކަމަށާއި އެކަމުގެ ސަބަބުން ވެހިކަލް ދުއްވާ މީހުންނަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް އެތައް ދައްޗެއް ކުރިމަތިވަމުންދާކަމަށެވެ. އަދި މިކަންކަން ހައްލުވާން އޮތީ މައްސަލައިގެ އަސްލަށް ގޮސްގެންކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ޓޯ ޔާޑު ފުރި، ވެހިކަލްތައް ޓޯ ކުރަންވެސް ފުލުހުންނަށް މިހާރު ދަތިވެފައިވާކަމަށެވެ. އަދި މާލޭގައި ރަޖިސްޓްރީ ކުރެވޭނެ ވެހިކަލްގެ އަދަދެއް ކަނޑައަޅާފައި ނެތުމަކީ މާލެ ތޮއްޖެހެން ދިމާވާ އެއް ސަބަބުކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

"ގާނޫނުގައި ބުނާގޮތަށް މާލޭގައި ބޭނުންކުރެވޭނެ ވެހިކަލްތަކުގެ އަދަދެއް ނެތް ކަނޑައެޅިފައެއް.. ގާނޫނުގައި އެބައޮތް ބުނެފައި އެ އަދަދު ކަނޑަައަޅަންޖެހޭނެކަމަށް." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ވެހިކަލެއް އެތެރެ ނުކުރެވޭނެކަމަށް ގާނޫނުގައި އޮތް އޮތުން ކުރީ ސަރުކާރުން ބަދަލުކުރުމަކީވެސް ވެހިކަލް ތޮށްޖެހުން އިތުރުވި ސަބަބެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލެއަށް ދުވާލަކަށް ރަޖިސްޓްރީކުރާ ވެހިކަލްތަކުގެ އަދަދު 200 އަށްވުރެ އިތުރުވެގެން ގޮސްފައިވާކަންވެސް އާޒިމާ ފާހަގަކުރެއްވިއެެވެ.

އާޒިމާ ވިދާޅުވީ މި މައްސަލަތައް ހައްލުނުކޮށް މާލޭގެ މަގުތައް ރައްކާތެރި، އަމާން އަދި ހިތްފަސޭހަ މަގުތަކަކަށް ނުހެދޭނެ ކަމަށެވެ. އަދި އެކަމަނާގެ މޭޔަރުކަމުގެ ދަށުން މާލޭގެ މަގުތައް ތަރުތީބުކޮށް، ރައްކާތެރި މަގުތަކަކަށް ހެދުމަށް ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާސްޓަރ ޕްލޭނެއް އެކުލަވާލާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އެކަމަނާގެ ތަސައްވުރަކީ މާލޭގެ މަގުތަކަކީ ދަރިން ގޮވައިގެން އެއްވެސް ހާސްކަމެއް ނެތި ހިނގާބިނގާވެ އުޅޭވެފަދަ ތަނަކަށް ހެދުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

2018-2013

01-Jan-2024

ކުރިންވެސް 5 އަހަރު ލިބުނު ނޫންތޯ ތިޔަ ވިދާޅުވާ ގާނޫނު ހަދަން!??


-1

އާޒިމް

01-Jan-2024

ތިކަން ނޭގެނީ ކާކަށް?



ޓްރެންޑިން