އަހުމަދު މަސްނޫމް   31 ޑިސެމްބަރު 2023 - 5:31
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަލީ ޒާހިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ފުވައްމުލަކު ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެލިދޫ ދާއިރާގެ ގޮނޑިއަށް ވާދަނުކުރައްވަން ނިންމަވާފައިވާކަމަށެވެ.



އަލީ ޒާހިރު ވިދާޅުވީ މަޖިލީހަށް ވާދަކުރައްވަން ނިންމެވީ ވ. ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށްކަމަށެވެ.

"ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމަށް އެދެމެވެ." ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރަކީ އަދާލަތު ޕާޓީގެ ބޭފުޅެއްނަމަވެސް އޭނާ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަގޮތުންކަމެއް ނުވަތަ ޕާޓީގެ ޓިކެޓްގައިކަމެއް ހާމައެއް ނުކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން