ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މައާފްކުރަން އަރބަންކޯއިން ނިންމައިފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން މިއަދާ ހަމައަށް އަރާފައިވާ ޖޫރިމަނާ ފައިސާ މާފްކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
އަރބަންކޯއިން ނެރުނު ނޫސްބަޔާނެއްގައި، ޖޫރިމަނާ މާފް ކުރުމާ އެކީގައި ފްލެޓަށް ބާކީ ނުދެއްކި ހުރި ފައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އާބަންކޯ އިން ބުނެފައި ވެއެވެ.
"މިއާއެކު، ފައިސާ ދިނުން ލަސްވެގެން އަރާ ޖޫރިމަނާއަކީ ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދުގެ 1 އިންސައްތަ ކަމުގައި ކަނޑައެޅިގެންދާނެއެވެ. ވީމާ ދުވަހުން ދުވަހަށް ޖޫރިމަނާގެ އަދަދު އިތުރު ނުވެ، ޖޫރިމަނާ އަރާ އަދަދު ދުރާލާ ދެ ފަރާތަށް ވެސް އެނގިގެންދާނެއެވެ." އާބަންކޯގެ ބަޔާނުގައި ބުނެފަވެއެވެ.
މީގެ އިތުރުން، ޖޫރިމަނާ އަށް ކުރިން އަހަރަކަށް %18 ދައްކަން ޖެހޭ އިރު، މި ބަދަލާ އެކު މަހަކު ނެގޭ %1 ޖޫރިމަނާ ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.
އެހެންކަމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުމުން ބަދަލު ކުރުމަށް ނުވަތަ ދައްކަން ޖެހި ނުދެއްކިވާ ފައިސާ ބަހާލައިގެން ދެއްކުމަށް އެދޭ މީހުން އަންނަ މަހުގެ 10 ގެ ކުރިން މިކަމަށް އެދޭ ފޯމް ފުރިހަމަކޮށް ކޯޕަރޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އާބަންކޯ އިން އެދެއެވެ.
"މި ކޯޕަރޭޝަންއަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ،" އާބަންކޯގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު