ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލ. އަތޮޅުގެ ރަށްތަކަށް ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި ލ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ފަރާތުން ކުރަމުންދާކަމަށެވެ. އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ މިހާތަނަށް ލ. ފޮނަދޫގެ 11 ގެއެއްގައާއި، ފ. ނިލަންދޫގެ 2 ގެއެއްގައާއި، ލ. ގަމުގެ ގެއެއްގައި ވެލި ބަސްތާ ޖަހާދީފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި މަސައްކަތުގެ އިތުރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ލ.ފޮނަދޫގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއިގައި ލ. އަތޮޅުގެ އިތުރުން، އެހެން ބައެއް އަތޮޅުތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ރަށްރަށުގައި ފެން ބޮޑުވުމާއި ވައިގަދަވުމުގެ ސަބަބުން އެކި ގެއްލުންތައް ދަނީ ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން