ޒަރޫރީ ބޭނުންތަކުގައި މެނުވީ ސިނަމާލެ ބްރިޖު ބޭނުން ނުކުރަން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ބްރިޖުން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައި މިވަނީ މާލެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިގަދަވެ، އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުން ބުނީ ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެފައިވާކަމަށެވެ. އަދި ގަދަ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންކަމުން ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން އެކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ފުލުހުން ވަނީ ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާއިރު، މިރެއާއި މާދަމާވެސް މާލެ ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން