މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ޒިޔާރަތްކުރައްވައިފިއެވެ.

ރެއިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ، ބައެއް ތަންތަނަށް ފެން ވަދެ، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ވިއްސާރައިގެ ސަބަބުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުންދާއިރު، ފެންބޮޑުވެ، ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކާއި އެހެން ބައެއް ސަރަހައްދުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު އިރުއޮއްސެނިކޮށް ޒިޔާރާތް ކުރައްވާފައެވެ.



މިޒިޔާރަތުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ގެއްލުން ލިބުނު ތަންތަނަށް ވަޑައިގެން، އާއްމު ރައްޔިތުންނާއި ބައްދަލުކުރައްވާ އާއްމު ހާލަތު ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ރައީސުލްޖުމްހުރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގެ އިތުރުން ވިއްސާަރައިގެ ސަބަބުން ރަށްރަށަށް ލިބިފައިވާ ގެއްލުންތައްވެސް ސަރުކާރުން ގެންދަވަނީ ބައްލަވާ، ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން