އާބަންކޯގެ ދަށުން ކުރިއަށްދިޔަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އަރބަންކޯއަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.



ރައީސް މުއިއްޒު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ނިންމުމަށް މާދަމާއިން ފެށިގެން އަމަލުކުރަމުންދާނެ ކަމަށާއި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މުވައްޒަފުންނާއި މެޝިނަރީޒްއާއި ބިންތައް ސިޓީ ކައުންސިލާއި ހަވާލުކުރާނެކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާއި ގުޅޭ ތަފްސީލްތައް ހާމަކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން