މޫސާ ޢަލީ (ހާސާ)   1 ޖެނުއަރީ 2024 - 11:25
ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމު މުހައްމަދު ޝަހީބަށް ދިންތާ ހަފުތާއެއް ފަހުން އޭނާ އެމަގާމުން ވަކިކޮށްފިއެވެ.

ޝަހީބު މަގާމުން ވަކިކުރިކަމާއި ވަކިކުރި ސަބަބު ރަސްމީކޮށް އަދި އިޢުލާނު ކޮށްފައިނުވިނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނާ ގޮތުން ޝަހީބު މިހާރު ވަނީ ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވާފައެވެ.

ޝަހީބު ތަރުޖަމާނުގެ މަގާމުން ވަކި ކުރައްވާފައި މިވަނީ އޭނާ ނޫސްކޮންފަރެންސް ތަކުގައި އަމަލު ކުރައްވާ ގޮތުންނާއި ނޫސްވެރިންނާއިމެދު ގެންގުޅުއްވާ ހަރުކަށި އުސޫލު ތަކުގެ ސަބަބުން އޭނާއާއި މެދު ނޫސްވެރިންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ.

ޝަހީބު ތަރުޖަމާނު ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ ވެސް ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

ޝަހީބު ރާއްޖޭގެ ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރި ނަމަވެސް އޭނާއަކީ ޚާރިޖީ ދާއިރާގެ މާބޮޑު އިލްމެއް އަދި ތަޖުރިބާއެއްވެސް ލިބިވަޑައިގެންފައިވާ މީހެއް ނޫނެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރި ޝަހީބު، އެކޮމިޝަންގެ ރައީސްކަމުގައި ހުންނަވައިގެން އޭރުގެ އިދިކޮޅު މީޑިއާތަކާއި މެދު ސިޔާސީ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ސަބަބުން އޭރުވެސް އޭނާއަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޑރ. ހޮޅި

02-Jan-2024

ޑރ. ހޮޅި ކުރައްވަނީ ހުސް ހޮޅި ކަންކަން އިނގޭތޯ!؟



ޓްރެންޑިން