އައިޖީއެމްއެޗް----
އައިޖީއެމްއެޗް----
ބޮޑެތި ބަލިތައް ތަހައްމަލުކުރާ ދިވެހީންގެ އަދަދު އާބާދީގެ 35 އިންސައްތައިން މަތީގައި ހުރިކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ އާސަންދައިގެ ތެރެއިން އަހަރުގެ ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުން ތަންފީޒުކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން ހިއްސާކުރި މައުލޫމާތު ތަކުންނެވެ.

އެ ބައްދަލުވުމުގައި ހާމަ ކުރި މައުލޫމާތަށް ބަލާލާއިރު ފާއިތުވި ތިން އަހަރު ހިދުމަތް ހޯދި މީހުންގެ ތެރެއިން އެއް ކުރި ތަފާސް ހިސާބުތަކުން ގައިން ގަޔަށް ނާރާ ބަލިތައް ތަހައްމަލުކުރާ ދިވެހީންގެ އަދަދު އުޅެނީ 139،247 ގަ އެވެ. މިއީ 382،751 ގެ އާބާދީއެއް އޮންނަ ރާއްޖޭގެ 35 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ.

މީގެތެރެއިން އެންމެ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބަލިތަކުގެ ތެރޭގައި ހިތާއި، ހަކުރު ބައްޔާއި އަދި ފުއްޕާމޭގެ ބަލިތައް ހިމެނެ އެވެ.

އެގޮތުން 57،709 މީހުން ހިތުގެ ބަލި، 35،806 މީހުން ފުއްޕާމޭގެ ބަލިތައް އަދި 30،803 މީހުން ހަކުރު ބަލި ތަހައްމަލު ކުރަމުންދާ ކަމަށް ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން މިއަދު ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކިޑްނީއާ ގުޅޭ ބަލިތައް ހުރި 11،635 މީހުންނާއެކު 3294 މީހުން ދަނީ އެކި ކަހަލަ ކެންސަރުގެ ބަލިތައް ވެސް ތަހައްމަލު ކުރަމުންކަން މި ތަފާސް ހިސާބުތަކުން ހާމަވެފައި ވެއެވެ.

ސަރުކާރުގެ އިދާރާތަކުން މިއަދު ބުނީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން އިތުރުވެފައިވާތީ މެޑިކަލް ޗެކަޕް ހެދުމަށް އިތުރަށް މަގުފަހި ކުރުމުގެ ސަބަބުން ކުރީބައިގައި ބަލިތައް ދެނެގަތުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މިއަދު ތަންފީޒުކުރަން ފެށި ސިޔާސަތުގެ ދަށުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެއެވެ. އަދި މި ނޫން އުމުރުފުރާތަކުގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމުގެ ނިޒާމް މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ އެވެ.

ނަވާރަ އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް މަގުފަހިވާނީ 1 ޖުލައިއަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން