ވާރޭ ވެހި މާޅެ ފެނު އަޑީގައި--
ވާރޭ ވެހި މާޅެ ފެނު އަޑީގައި--
މިއިން ދުވަަހަކުވެސް ނުވެހޭ ވަރަށް ރާއްޖެއަށް ވާރޭ ވެހުމާއެކު ކްލައިމެޓް ޗޭންޖުގެ އަސަރު އެނގިގެން ގޮސްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މެޓް އޮފީހުގެ ޑޭޓާތަކަށް ބާލާލާއިރު ވެސް އިއްޔެއަކީ މާލެއާއި ހުޅުމާލެއަށް މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަހުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ދުވަސް ކަމަށެވެ،

އެހެންކަމުން މޫސުމަށް މިހާ ބޮޑަށް ބަދަލު އައިސް ވިއްސާރަ ކުރުމުން ކްލައިމެޓް ޗޭންޖްގެ އަސަރު އެނގިގެންގޮސްފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ،

އެހެންވެ މޫސުން ކުރިއަށް ލަފާ ކުރާ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް މޮނީޓާ ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރާނެކަމަށް ތޯރިގު ވިދާޅުވި އެވެ.

ހަމަ އެހެންމެ ގައުމީ ޕްލޭންގެ ތެރެއަށް ކްލައިމެޓް ޗޭންޖް ހިމަނައި އެކަމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ މާލެ އަށެވެ. އެގޮތުން މާލޭގެ 140 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނު އިރު ފަސް ރަށެއްގައި ފެން ބޮޑުވި އެވެ. އޭގެ ތެރޭގައި ކ. ހުރާ، ކ. ހިންމަފުށި، ލ. ފޮނަދޫ، ފ. ނިލަންދޫ، އަދި ލ. ގަން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން