ރާއްޖޭގެ މިނިވަންކަމަށް މިއަދު ދިމާވެފައިވާ ނުރައްކަލުން ޤައުމު ސަލާމަތްކުރުމުގައި އިދިކޮޅު ކޯލިޝަނުން ފަހަތަށް ނުޖެހޭނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އަބްދުﷲ ޔަމީންއާއި، އިދިކޮޅު ކޯލިޝަންގެ ނަމުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވައި ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަކީ މިފަސްގަނޑުގެ ދިފާއުގައި ޕީޕީއެމް، ޕީއެންސީން އަބަދުވެސް ކުރާނެކަމެއްކަމަށެވެ. އަދި މިއަދު ގެއްލިފައިވާ މިނިވަންކަން އިޔާދަކޮށް ހަގީގީ މިނިވަންކަން ހޯދުމުގައި ފަހަތަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގެ ނަމުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. ހަގީގީ މިނިވަންކަން ދިވެހިންނަށް ހޯދުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން." އަބްދުއްރަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ދުވަހުގެ ތަނުހިނިޔާ ފޮނުއްވައި މިސަރުކާރުގެ ކޯލިޝަންގެ އެއްބައިވެރިޔާ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިނިވަންކަން ދިފާއުކުރުމުގައި ދިވެހި ރައްޔިތުން ޤައުމުގެ ސަލާމަތީ ބާރުތަކުގެ ސަފުތަކުގެ ފަހަތުގައި ސާބިތުކަމާއިއެކު ތިބިކަމަށެވެ.
"ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާއުގައި ފުރާނަ ޤުރުބާކުރެއްވި މަތިވެރި އަބުތާލުންނެކޭ އެއްފަދައިން އަދުގެ ސިފައިންނާއި ފުލުހުންނާއި އެކު މިނިވަންކަން ދިފާއުކުރަން އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން ތިބީ ތައްޔާރަށް." ޣައްސާން މައުމޫން ވިދާޅުވިއެވެ.
ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއިއެކުގައި މަސައްކަތްކުރަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިއަދު ގޮވާލައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ސިޔާސަތު ބައްޓަން ކުރުމުގައި އެންމެ އިސްކަމެއް ދީފައިވަނީ މަލްޓިޕާޓީ އުސޫލުން ޑިމޮކްރަސީގެ ރީތި ހަމަތަކާއިއެކު ކުރިއަށް ދިއުމަށްކަމަށެވެ. މަޝްވަރާއާއި، އެއްބައިވަންތަކާއި އެކުގައިކަމަށެވެ. ޚިޔާލުތަފާތުވާ ކަންކަން ހުއްޓަސް ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެން ގުޅިގެން މަޝްވަރާއާއިއެކު ކަންކަން ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު