މި ސަރުކާރުން ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖެއްސެވި މުޙައްމަދު ޝަހީބް އެ މަގާމުން ވަކިކުރައްވާ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވުމާއި ގުޅިގެން ކުރީގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ ވެރިކަން ކުރުމުގެ އެންމެ އާންމު މަސްއޫލިއްޔަތަކީ ވަޒީފާއަށް އެކަށޭނަ ރަނގަޅު ބޭފުޅުންނާއި މަޤާމް ހަވާލުކުރެއްވުން ކަމަށެވެ. އެންމެ އަސާސީ ކަންކުރެއްވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނާކާމިޔާބުވެވަޑައިގެންފައިވާ މިންވަރު ހާމަވަމުންދާ ކަމަށް މަލީހު ވިދާޅުވިއެވެ.

ޝަހީބު ހުންނެވި މަޤާމުން ބަދަލުކުރެއްވުމަކީ މިސްމެނޭޖްމަންޓްގެ މުޅިން އައު ލެވެލްއެއް ކަމަށް ފާހަގަކުރައްވަމުން މަލީހު ވިދާޅުވީ އެކަމާއި ގުޅިގެން ޢާންމު ރައްޔިތުން ވަރަށް އަޖައިބުވެވަޑައިގަންނަވާ ކަމަށެވެ.



ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކުރެއްވީ އެމަޤާމަށް ޢައްޔަންކުރެއްވިތާ މާ ގިނަ ދުވަސް ތަކެއް ނުވަނީހެވެ. ޝަހީބު ތަރުޖަމާނުގެ މަގާމުން ވަކި ކުރައްވާފައި މިވަނީ އޭނާ ނޫސްކޮންފަރެންސް ތަކުގައި އަމަލު ކުރައްވާ ގޮތުންނާއި ނޫސްވެރިންނާއިމެދު ގެންގުޅުއްވާ ހަރުކަށި އުސޫލު ތަކުގެ ސަބަބުން އޭނާއާއި މެދު ނޫސްވެރިންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ.

ޝަހީބު ތަރުޖަމާނު ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ ވެސް ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ގަމާރު

02-Jan-2024

މަލީހު ކުރާ ކަންކަން ހާދަ ޕާރފެކްޓޭ



ޓްރެންޑިން